މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދީފި

މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދީފި އެވެ. "ދުވަސް" އަށް މައުލޫމާތުލިބިފައިވާ ގޮތުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އިސް އޮފިޝަލަކު ވަނީ މޯލްޑިވިއަންގެ ސީނިއާ ތިން ޕައި...

09 Jun 2019 | 10:21

މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދީފި އެވެ.

"ދުވަސް" އަށް މައުލޫމާތުލިބިފައިވާ ގޮތުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އިސް އޮފިޝަލަކު ވަނީ މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

އިސްތިއުފާ ދެއްވާފައިވާ ތިން ޕައިލެޓުންގެ ތެރެއިން މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑްސް، އަދި ޑެޕިއުޓީ ހެޑް އޮފް އޭޓީއޯ ކެޕްޓަން މުހައްމަދު ޝިނާޒު އެހެން މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ޓްރެއިނިން އެންޑް ސްޓޭންޑާޑްސްގެ ހެޑް ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ޕައިލެޓް ކަމުން އިސްތިއުފާ ދިނުމަށް ތިން މަހުގެ ނޯޓިސް ފޮނުވާފައިވާނެ ކަމަށްވެސް ޝިނާޒްވަނީ ބުނެފައެވެ.

މީގެއިތުރުން ޝިނާޒް ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ ކުންފުނީގެ ހާލަތު ހުރިގޮތުން ވަޒީފާ އަދާ ކުރުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.

މޯލްޑިވިއަންގެ ތިން ޕައިލެޓުން އިސްތިއުފާދީފައިވާއިރު، މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން ވަނީ މަގާމުން ދުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް