މިއަހަރުގެ ފިޠުރު ޢީދާއި ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދުގެ ހަރަކާތްތަކުގެ ފޮޓޯ ހިއްސާކޮށްގެން 5000 ރުފިޔާގެ ގިފްޓް ކާޑް ލިބުނު ފަރާތްތަކުގެ ނަން ބެންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
މިމަހުގެ 4 އިން 6 އަށް ކުރިއަށް ގެންދިޔަ މި ފޮޓޯ ޗެލެންޖްގައި ފޮޓޯ ހިއްސާކޮށްފައި ވަނީ ޓްވިޓަރ އަދި އިންސްޓަގްރާމް ގައެވެ. "ޢީދުކިހިނެއް" ހޭޝްޓެގް ބޭނުންކޮށްގެން 800 އަށްވުރެ ގިން ޕޯސްޓް ލިބިފައި ވާކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ވަނީ ޓްވިޓަރ އަދި އިންސްޓްގްރާމުގައި މި ހޭޝްޓެގް ބޭނުންކޮށްގެން ފޮޓޯ ހިއްސާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތު ނަގައިގެން، ކޮންމެ އެޕަކުން ވެސް 3 ފަރާތެއް ހޮވާފައެވެ.
ޓްވިޓަރ ގައި ފޮޓޯ ޝެއާ ކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު ތިން ފަރާތަކީ:
އިންސްޓަރގްރާމް ގައި ފޮޓޯ ޝެއާ ކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު ތިން ފަރާތަކީ:
މިއިން ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ ގިފްޓްކާޑެއް ލިބިގެންދާނެއެވެ.
ފިތުރު އީދު ދުވަހާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އަށް ރަށެއްގައި އީދު ސައި ބާއްވާފައެވެ. ބީއެމްއެލްގެ އެހީތެރިކަމާ އެކު، އީދު ސައި ބޭއްވީ ހއ. ހޯރަފުއްޓާއި ށ. ފުނަދު އާއި ނ. ހޮޅުދު އާއި ޅ. ނައިފަރާއި އއ. ރަސްދު އާއި ވ. ފެލިދޫގެ އިތުރުން މ. މުއްޔާއި ސ. ހުޅުމީދޫގަ އެވެ. އީދު ސައި އިންތިޒާމްކޮށްފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް