ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ރައީސް ސޯލިހް ކުންފުންޏެއް އުފައްދަވައިފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުންފުންޏެއް އުފައްދަވައިފިއެވެ. މި ކުންފުންޏަކީ ގާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފ...

09 Jun 2019 | 09:52

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުންފުންޏެއް އުފައްދަވައިފިއެވެ.

މި ކުންފުންޏަކީ ގާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 95 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ސައްތައިން ސައްތަ ސަރުކާރު ހިއްސާވާގޮތަށް އުފެއްދެވި ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމަށް ރައީސް ނެރުއްވި ގަރާރުގައި ބުނެފައިވާގޮތުގައި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، އެ ތަންތަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަކަށެވެ.

އެކަމަށް ހާއްސަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެއް ރަށާއި އަނެއް ރަށް ގުޅުވާލުމަށް ހަދާ ބްރިޖްތައް ތަރައްގީކޮށް، އެ ތަންތަން ބެލެހެއްޓުމަކީ މުހިންމު ކަމަކަށް ވުމަކީ ވެސް ގަރާރު އުފެއްދި ސަބަބެއް ކަމުގައިވެސް ރައީސްގެ ގަރާރުގައި ވެ އެވެ.

އެ ގަރާރުގައި ވާގޮތުން އަލަށް އުފެއްދެވި މި ކުންފުނީގެ ރައުސުލްމާލަކީ 50 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް