ސާކް ފިލްމް ފެސްޓިވަލް އަންނަ މަހު

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ސާކް ފިލްމް ފެސްޓިވަލް އަންނަ މަހަށް ތާވަލުކޮށްފިއެވެ. ސާކް ކަލްޗްރަލް ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މި ފިލްމް ފެސްޓިވަލް އެޕްރީލް މަހުގެ 7ން 12...

09 Jun 2019 | 09:50

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ސާކް ފިލްމް ފެސްޓިވަލް އަންނަ މަހަށް ތާވަލުކޮށްފިއެވެ.

ސާކް ކަލްޗްރަލް ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މި ފިލްމް ފެސްޓިވަލް އެޕްރީލް މަހުގެ 7ން 12ށް ބާއްވަން ހަމަޖެއްސި ނަމަވެސް، ލަންކާ އަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ވަނީ ފަސްކޮށްފައެވެ. މި ފެސްޓިވަލް މިހާރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2ން 7ށެވެ.

މި ފެސްޓިވަލްގައި ރާއްޖެ ހިމެނޭގޮތަށް ސާކްގެ 8 ގައުމުން ބައިވެރިވާނެއެވެ. މިއީ ދިވެހި ފިލްމްތައް މިފަދަ ފެސްޓިވަލަކުން ފެންނަ ހަމައެކަނި ފެސްޓިވަލް ކަންވެސް ފާހަގަކޮށްލެވެއެވެ.

މި ފެސްޓިވަލްގައި ކޮންމެ ގައުމަކުންވެސް ބައިވެރި ކުރެވޭނީ ދެ ފީޗާ ފިލްމާއި، ކުރު ދެ ފިލްމުގެ އިތުރުން އެއް މާސްޓާ ފިލްމެވެ.

މި ފެސްޓިވަލްގައި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފިލްމު ތަކުންވެސް ވަނީ ކާމިޔާބީ ހޯދައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް