އދ. ދިއްދޫ ދެކުނު ފަރާތުން ގޯތި ދޫކުރުމަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
މި ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އދ. ދިއްދޫގެ ދެކުނު ފަރާތުން ދޫކުރަން ނިންމާފައިވަނީ 20 ގޯތިކަމަށެވެ.
އެހެންކަމުން ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުން ފޯމު ލިބޭނެ ކަމަށާއި ފޯމް ފުރުމަށްފަހު 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ނިމިދިޔަ ސަރުކާރުގައި ގިނަ ރަށްރަށުަގައި ގޯތި ދޫކުރުން މަޑު ޖައްސާލާފައި އޮތްނަމަވެސް މި ސަރުކާރުގައި ގިނަ ރަށްރަށުގައި ގޯތި ދޫކުރުން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް