މިހާރު ކުރަމުންދާ ވިއްސާރާގައި ހއ ގެ ބައެއް ރަށްރަށަށް ގެއްލުންތަކެއްވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި ހއ އަތޮޅުގެ ބައެއް ރަށްރަށަށް ގެއްލުންތަކެއްވެއްޖެއެވެ. އެގޮތުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި ވައި ގަދަވުމުގެ ސަބަބުން ހއ އިހަވަންދޫގައ...

09 Jun 2019 | 07:50

މިހާރު ކުރަމުންދާ ވިއްސާރާގައި ހއ އަތޮޅުގެ ބައެއް ރަށްރަށަށް ގެއްލުންތަކެއްވެއްޖެއެވެ.

އެގޮތުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި ވައި ގަދަވުމުގެ ސަބަބުން ހއ އިހަވަންދޫގައި ހުރި ހުސްގެވަޅެއްގައި ހުރި ބޮޑުބަނބުކެޔޮ ގަހެއް ވެއްޓިފައިވާކަމުގެ މައުލޫމާތު ފުލުހުން ދީފައިވެއެވެ. މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:00 ހާއިރުކަމަށް ބުނެފައިވެއެވެ.

އަދި ހއ ދިއްދޫގައި ކުނިގޮނޑު ސަރަހައްދުގައި ހުރި ހަރުގެއެއްގެ ފުރާޅު، އެ ހަރުގެ ކައިރި އޮތް ލޯންޗެއްގެ މައްޗަށް ވެއްޓިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 10:35 ހާއިރުއެވެ.

މި ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް