މަސްތުވާތަކެއްޗާއި އެކު ތ.ވޭމަންޑޫ އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ތ.ވޭމަންޑޫއިން 57 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓުގައި ވާގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މ...

09 Jun 2019 | 07:01

މަސްތުވާތަކެއްޗާއި އެކު ތ.ވޭމަންޑޫއިން 57 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ވާގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން މަހުގެ 6 ވަނަ ދުވަހުގެ 09:44 ހާއިރު ވޭމަންޑޫ މަގުމަތިންނެވެ.

މި މީހާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް އެއްލައިލުމުން ފުލުހުން އެސަރަޙައްދު ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މީހާގެ މައްޗަށް ތ.އޮމްދޫ ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލަ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް