ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ އެނބުރި ގައުމަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ގައުމަށް ފުރ...

09 Jun 2019 | 05:13

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ގައުމަށް ފުރާވަޑައިގެންފިއެވެ.

މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސް ސޯލިހު އެވެ.

މޯދީ ރާއްޖެއަށް މިކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވި ފަހުން ބޭރުގެ ޤައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، އެމަނިކުފާނަށް ދިވެހި ސަރުކާރުން ވަނީ ރަސްމީގޮތުން މަރުޙަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާ، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ވަނީ ބަދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ.

މީގެ އިތުރުން، ރައީސްގެ ދެކަނބަލުން ވަނީ ބޮޑުވަޒީރު މޯދީގެ ޝަރަފްގައި ފުރަމާނަ ޖާފަތެއް ވެސް ދެއްވާފައެވެ. މޯދީގެ މިދަތުރުފުޅު ވެގެން ދިޔައީ ތާރީޚީ ދަތުރުފުޅަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް