ކަރިޝްމާ ދެން ކައިވެންޏެއް ކުރާނެ ހެނެއް ހިއެއް ނުވޭ: ރަންދީރު

ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރު ދެން ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފަށާނެ ހެން ހީނުވާކަމަށް އޭނާގެ ބައްޕަ ރަންދީރު ކަޕޫރު ބުނެފި އެވެ. ކަރިޝްމާ އާއި ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު ވަރިވީ 2016...

09 Jun 2018 | 04:00

ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރު ދެން ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފަށާނެ ހެން ހީނުވާކަމަށް އޭނާގެ ބައްޕަ ރަންދީރު ކަޕޫރު ބުނެފި އެވެ.

ކަރިޝްމާ އާއި ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު ވަރިވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ކަރިޝްމާ ސަންދީޕް ތޮޝްނިވާލް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑު އަބަދުވެސް އޮންނަނީ އަރާފަ އެވެ. އެކަމަކު މިކަމަށް އެކަކުވެސް އެއްބަސްވެފައި ނުވާއިރު ކަރިޝްމާ އާއިލާއިން ބާއްވާ ހުރިހާ ހަފްލާތަކެއްގައި ސަންދީޕް ބައިވެރިވާތީ އަބަދުވެސް ނޫސްވެރިން އެކަމާ ގުޅޭގޮތުން އެމީހުންނާއި ސުވާލު ކުރެ އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހު ކަރިޝްމާ އާއި ސަންދީޕު ވަނީ ވަރަށް ސިއްރުން އެންގޭޖުވެފަ އެވެ. މިކަމާ ގުޅޭގޮތުން ކަރިޝްމާ ބައްޕަ ރަންދީރާއި ދާދިފަހުން ސުވާލު ކުރުމުން އެކަން ވަނީ ދޮގުކޮށްފައި އެވެ.

ރަންދީރު ބުނީ ކަރިޝްމާ މީހަކާއި އިންނަން ނޫޅޭ ކަމަށާއި އެކަން ވަރަށް ސާފުކޮށް އޭނާ ކައިރީ ބުނެފައިވާ ކަމަށެވެ. އަދި ބޭނުންވަނީ ދެ ކުދިން ރަނގަޅު ގޮތުގައި ބޮޑު ކުރަން ކަމަށާއި އިތުރު މީހަކާއި އެކު ދިރިއުޅުމެއް ފަށަން ބޭނުން ނުވާކަމަށް ކަރިޝްމާ ބުނެފައިވާ ކަމަށެވެ.

އިތުރަށް ބުނީ ކަރިޝްމާ އާއި ސަންދީޕް އެކުގައި އުޅެނީ އޮންނަ އެކުވެރިކަމެއްގެ ސަބަބުން ކަމަށެވެ. އެކަމާ އެ އާއިލާގެ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ރަންދީރު ބުނެފައިވެ އެވެ.

ސަންދީޕް އާއި އޭނާގެ އަންހެނުން ވަރިވީ 2010 ވަނަ އަހަރު އެވެ.

ކަރިޝްމާގެ 13 އަހަރުގެ އަންހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް