އެސްޓިއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ގދ. ތިނަދޫގައި ފިއުލް ޝެޑެއް ހުޅުވައިފި އެވެ.
އެސްޓީއޯ އިން ބުނީ ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި "އީޒީ ފިލް" ޝެޑް ހުޅުވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ކަމަށެވެ.
ތިނަދޫގައި ހުޅުވި ޝެޑުގައި 274،500 ލީޓަރުގެ ޑީސަލާއި 17،500 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވެ އެވެ. މި ޝެޑްގައި ތިން ޕެޓްރޯލް ޑިސްޕެންސަރާއި އެއް ޑީސަލް ޑިސްޕެންސަރު ހުރެ އެވެ.
ތިނަދޫ އެސްޓީއޯ ފިއުލް ޝެޑްގެ ސަބަބުން، އެ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެފްއެސްއެމްއިން މާލޭގެ ތިން ސަރަހައްދެއްގައި ފިއުލް ޝެޑު ހިންގަ އެވެ. އަދި ހުޅުމާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކުގައިވެސް ފިއުލް ޝެޑު ހިންގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް