ގެއްލުންވީ ޝެލްބީންސްގެ ބޭކަރީ އަކަށް – ބިދޭސީއެއްގެ 30 އިންސައްތަ ފިހިފައި

ހ. ޕާކް ސައިޑްގޭގެ އިމާރާތަށް ގެއްލުންތަކެއް ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެއްޖެއެވެ. ސިފައިން ހާމަކޮށށްފައިވާގޮތުގައި މި ހާދިސާގެ މަޢުލޫމާތު މ...

09 Jun 2018 | 03:23

ހ. ޕާކް ސައިޑްގޭގެ އިމާރާތަށް ގެއްލުންތަކެއް ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެއްޖެއެވެ.

ސިފައިން ހާމަކޮށށްފައިވާގޮތުގައި މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:18 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ ހާދިސާ ހިންގި ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

"ކާބޯތަކެތީގެ ވިޔަފާރިކުރާ ޝެލްބީންސްގެ ބޭކަރީއެއްގެ ގޮތުގައި ބޭނުންކުރާ މިތަނުގައި ހިނގި މިހާދިސާގައި އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި ހުރި ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިގޮތުން އިމާރާތުގެ ދޮތުތަކުގައި ހުރި  ބިއްލޫރިތައް ތަޅައިގެންގޮސް އެތެރޭގައި ހުރި ބައެއް މުދާތައް ވަނީ މަގުމައްޗަށް ބުރައިގެންގޮސްފައެވެ." ސިފައިން ބުނެ އެވެ.

ސިފައިން އިތުރަށް ބުނެފައިވަނީ މިހާދިސާގައި ޒަހަމްވި ދިވެއްސަކާއި ދެ ބިދޭސީއަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު އިތުރު، ޒަހަމްވި ބިދޭސީއެއްގެ ހަށިގަނޑުގެ 30 އިންސައްތަ ވަނީ ފިހިފައިވާކަމަށެވެ.

"އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާތަނަށް ބެލިބެލުމުން މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއެއް ފަޅައިގެން ގޮސްގެންކަމަށްވަނީ ބެލެވިފައެވެ." ސިފައިން އިތުރަށް ބުނެފައި ވެ އެވެ.

މި ހާދިސާގެ ތަހުޤީގު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް