މިއަދު 22 މީހަކު ޕޮސިޓިވް ވެއްޖެ، ގިނައީ ދިވެހިން!

ރާއްޖެއިން އިތުރު22 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ16 ދިވެހިންނާއ...

09 May 2020 | 10:27

ރާއްޖެއިން އިތުރު22 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދުގެ މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ16 ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ހާމަކުރި އަދަދުތަކާ އެކު މިހާރު ރާއްޖޭން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 254 އަށް އަރައިފަ އެވެ. ބަންގްލާދޭޝްގެ 420 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާއިރު އިންޑިއާގެ 61 މީހަކާއި ނޭޕާލްގެ އަށް މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ.

މިއަދ ޕޮސިޓިވްވި ކޭސްތަކާއި ގުޅޭ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. މިހާރު ރާއްޖޭގައި ޖުމްލަ766 މީހަކަށް ކޯވިޑް ޖެހިފައިވާއިރު މި ބަލީގައި ތިން މީހަކު ވަނީ މަރުވެފައި އެވެ.

މިހާތަނަށް މާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބަލި ފެނިފައިވަނީ ހއ. އުލިގަމު، ތަކަންދޫ ށ. ނަރުދޫ، މިލަންދޫ އަދި ނ. މަނަދޫ އާއި ކ. ތުލުސްދޫއިންނެވެ. މީގެ އިތުރުން މިއަދު އައްޑޫ ސިޓީން މާލެ ގެނައި ބަލި މީހަކުވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް