ކުޑަކުދިން މާގިނައިން ޓީވީ ބަލައި، ގޭމް ކުޅެ ތަފާތު ވީޑިއޯތައް ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރުން ބެލުމަކީ ބެލެނިވެރިން އެކަމަކުން ކުދިން ދުރު ކުރުވަން ބޭނުންވާ ކަންކަމެވެ.
ގޭތެރޭގައި ކުދިންނާއި އެކު ހޭދަ ކުރާ ވަގުތާއި، ކުޅެވޭ ކުޅިވަރުތަކާއި ދަސްކޮށްދެއްވޭ މަސައްކަތްތަކަކީ ސްކްރީނާއި އެންމެ ފަސޭހައިން ކުދިންނަށް ދުރުވެވޭނެ ކަންކަމެވެ. ހާއްސަކޮށް މި ދުވަސްވަރަރަކީ ގޭގައި ތިބެން މަޖުބޫރުވެފައިވާ ދުވަސް ވަރަކަށް ވާއިރު ކަރަންޓީން ދިރިއުޅުމުގައި ކުދިން އެއްކޮށް ސްކްރީނާއި ދުރުކޮށްލަން މަސައްކަތްތަކެއް ކުރެވިދާނެ އެވެ.
ތަފާތު އެހެން ދިމާލަކަށް ކުދިން އަނބުރަން މަސައްކަތް ކުރި ނަމަވެސް ސްރީންތަކުން ކުދިންނަށް އެއްޗެހި ކޮންމެސް އެއްވަގުތެއްގައި ދެއްކުމަކީ ގޯހެއް ނޫނެވެ. ޓީވީ ބެލުމާއި ގޭމް ކުޅުން ފަދަ ކަންކަން ގޯސްވާ ހިސާބަކީ އެކަމަށް ދެވިހިފައި އެނޫން ކަމަކަށް ނުދިންނަށް ސަމާލުކަން ނުދެވުމުން ހެދިބޮޑުވުމަށާއި ވާހަކަ ދެއްކުން ފަދަ ކަންކަމަށް ކުރާ އަސަރު ކުރާ ހިސާބެވެ.
ގޭގައި ކުދިންނާއި އެކު ގިނަ ގިނައިން ރާވާ އެއްޗެހި ބޭނުންކޮށްގެން ކުޅުވާށެވެ. ކުޑަކުދިންނާއި ގުޅޭގޮތުން ކޮށްފައިވާ ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ބިލްޑިންގް ބްލޮކްސް އަކީ ކުދިންނަށް އެންމެ ފައިދާ ހުރި ކުޅޭ އެއްޗެވެ.
އެއީ ކުދިންގެ ސިކުނޑި ބޭނުން ކޮށްގެން ތަފާތު އެއްޗެހި ރޭވުމާއި އެ ރާވާ އެއްޗެހި ބޭނުން ކޮށްގެން ހިޔާލީ ދުނިޔޭގައި ކުޅުމުގެ ޝައުގުވެރިކަން އުފައްދާތީ އެވެ.
ކުލަޖެއްސުމާއި ކުރެހުމަކީވެސް ސްކްރީނާއި ދުރުވާން އެހީ ވެދޭ ކަމެކެވެ. ކުދިންނަށް އަމިއްލައަށް ކުރަހާ ކުލަ ޖައްސަން ދިނުމުގެ އިތުރުން ބެލެނިވެރިން ކައިރީގައި ތިބެގެން ވަރަށް އާދައިގެ އެއްޗެހި ކުރާ ކުލަ ޖައްސަން ހަވާލު ކުރުމަކީ ކުދިން އެކަމަށް ޝައުގުވެރިކަން އުފެދޭނެ ކަމެކެވެ.
އަދި އެ ކުރެހުމުގެ ވާހަކަ ކުއްޖާ ކައިރީގައި ދައްކާ ކުރެހުމުގައި ހުރީ ކޮން އެއްޗެއްތޯ ކުއްޖާ ކިބައިން އޮޅުންފިލުވުމުން ކުދިން ސަމާލުކަން ލިބޭނެ އެވެ.
ގޭތެރޭގައި ކުދިން ފޫހިނުވެ ސްކްރީންތަކާއި ދުރުގައި ދެން އެންމެ ކުރާ ހިތްވާނީ ބޮޑެތި މީހުން ކުރާ މަސައްކަތްތަކާއި ކެއްކުން ފަދަ ކަންކަމެވެ.
ކެއްކުމުގައި ކޮންމެވެސް ސިފައެއްގައި ކުދިން ބައިވެރި ކުރާށެވެ. ކޭކެއް ނަމަވެސް ކުދިން ގޮވައިގެން އަޅަން އުޅުމުން ކުދިންގެ ޝައުގުވެރިކަން އުފެދޭނެ އެވެ. އަދި ކުދިން ލައްވާ ގޭތެރެ ސާފުކޮށް ހެދުމަކީ ހިތްހަމަ ޖެހޭ ކަމަކަށް ނުވިޔަސް އެ ކުދިން ކުރާހިތްވާނީ އެކަހަލަ މަސައްކަތްތަކަށް ވާތީ އެ މަސައްކަތްތައް ހަވާލު ކުރާށެވެ.
އޭރުން ކުދިންނަށް ކަންކަމުގައި ހިތްވަރުލިބި ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް