މިހާތަނަށް ފަސް ފުލުހަކު ޕޮޒިޓިވްވެ، 170 ފުލުހަކު ކަރަންޓީނު ކޮށްފި

ކޯވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ފަސް ފުލުހަކު ޕޮޒިޓިވްވެ، 170 ފުލުހަކު ކަރަންޓީނުކޮށްފައިވާކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަކުރައްވައިފިއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ރާއްޖެ ޓީވީ އ...

08 May 2020 | 20:05

ކޯވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ފަސް ފުލުހަކު ޕޮޒިޓިވްވެ، 170 ފުލުހަކު ކަރަންޓީނުކޮށްފައިވާކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަކުރައްވައިފިއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ރާއްޖެ ޓީވީ އަށް މިރޭ ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީން ކުރަން ޖެހުމަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ބުރޫއަރާ ކަމެކެވެ. ނަމަވެސް ސިފައިންނާއި ސިއްހީ މަސައްކަތްތެރިންނާ އެކު، ކޮވިޑް-19 އިން ރައްކާތެރިކުރުމުގައި ފުލުހުން ދެމި ތިބޭނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުންނަށް އިރުޝާދު ދެނީ، އާއިލާއާ ގާތަށް ދިިއުން ވީހާ ވެސް މަދުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މާލޭގެ ގެސްޓު ހައުސްތަކެއް ފުލުހުން ތިބުމަށް ވަނީ ހަމަޖައްސާފައި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ރައްޔިތުން ބޭނުންވާ އެކި ކަންތައް ކުރަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ފުލުހުންގެ އިތުރުން ސިފައިންގެ ތެރެއިން20 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.

އެ ދެ އިދާރާއިން ބުނީ ބަލި ޖެހުނަސް ގައުމީ ހިދުމަތުގައި ސިފައިންނާއި ފުލުހުންގެ ސަފުތައް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް