މީޑިއާތައް ހަރުދަނާ ކުރުމަށް އެމްއެމްސީން ހޯމް މިނިސްޓްރީ އާއި މަޝްވަރާކުރައްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހިންގުމަށް ހުރި ގޮންޖެހުނަތަކާ ގުޅޭގޮތުންނާއި، މީޑިއާތައް އިތުރަށް ހަރުދަނާކޮށް ހިންގުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން މިނިސްޓްރީ އޮފ...

09 May 2019 | 10:58

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހިންގުމަށް ހުރި ގޮންޖެހުނަތަކާ ގުޅޭގޮތުންނާއި، މީޑިއާތައް އިތުރަށް ހަރުދަނާކޮށް ހިންގުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މަޝްވަރާކުރައްވައިފިއެވެ.

އެމްއެމްސީ އިން ވިދާޅުވީ، މިއަދު ހޯމް މިނިސްޓްރީގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި، މީޑިއާތައް ތަރައްގީ ކުރުމަށް ހަރުދަނާ އުސޫލެއް ގާއިމު ކުރުމަށާއި، މީޑިއާތަކުގެ ދަފްތަރު އެކުލަވާލުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރައްވާފައި ވާކަމުގައެވެ. މީގެ އިތުރުން، ގާނޫނީ ގޮތުން އެމްއެމްސީ އަށް ހުރި ގޮންޖެހުންތަކާއި، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ހަރުދަނާ އުސޫލެއް އެކުލަވާލުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި، އެމްއެމްސީން ރަށްރަށުގައި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންނާއި، އެމްއެމްސީގެ ގާނޫނު އިތުރަށް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަށް ބޭރުގެ ފަންނީ އަދި ރާއްޖޭގެ ފަންނީ ބޭފުޅުންގެ ލަފާ ލޯއްދެވުމަށް މަޝްވަރާ ކުރެވިފައި ވާކަމަށް އެމްއެމްސީން މައުލޫމާތު ދެއެވެ.

މިފަދަ އިތުރު ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް ބާއްވާނެ ކަމަށް އެމްއެމްސީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް