އުރީދޫ އިން އާ ޗެއާމަނެއް އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސް އިން އާ ޗެއާމްނައެއް އައްޔަނު ކޮށްދިއެވެ. އުރީދޫ އިން ބުނީ، 1 އެޕްރީލް 2019 އިން ފެށިގެން އެ ކުންފުނީގެ އިންޑިޕެންޑެންޓް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައާއި، އާ ޗެއަރމަން ގެ ގޮތުގައި މިސް...

09 May 2019 | 10:37

އުރީދޫ މޯލްޑިވްސް އިން އާ ޗެއާމްނައެއް އައްޔަނު ކޮށްދިއެވެ.

އުރީދޫ އިން ބުނީ، 1 އެޕްރީލް 2019 އިން ފެށިގެން އެ ކުންފުނީގެ އިންޑިޕެންޑެންޓް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައާއި، އާ ޗެއަރމަން ގެ ގޮތުގައި މިސްޓަރ ޑޭމިއަން ފިލިޕް ޗެޕަލް އެ ކުންފުނިން އައްޔަން ކޮށްފައިވާކަމަށެވެ.

އޮސްޓްރޭލިއާއަށް އުފަން މިސްޓަރ ޗެޕަލް އަކީ އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓޭޓިވް ވެސް މެއެވެ. މިސްޓަރ ޗެޕަލް އަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި 17 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތުގެ ތަޖުރިބާ ހޯދައިގެން ހުރި މީހެއް ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން އިތުރަށް ބުނީ، އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުކަމާއި ޗެއަރމަން ކަމުގެ މަޤާމަށް އައްޔަން ކުރުމާ ގުޅިގެން، މިސްޓަރ ޑޭމިއަން ފިލިޕް ޗެޕަލް އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި، މިސްޓަރ ޗެޕަލްގެ ޤާބިލް ލީޑަރޝިޕްގެ ދަށުން، އުރީދޫ މޯލްޑިވްސް އިން ކުރިމަގުގައި އިތުރު މޭލުގާތުތައް ކަނޑައްތުކޮށް، ގިނަގުނަ ކާމިޔާބީތައް ހޯދާނެކަމުގެ އުންމީދު ކުރާކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް