ފަސް އަހަރު ފަހުން އަނެއްކާވެސް ރައީސް މައުމޫނުގެ އިހްޔާ ޖަލްސާތައް ބާއްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ކުރިއަށް ގެންދިޔަ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާ، އަލުން ބާއްވަން އިސްލާމިކް މިނިސްޓްރީން ނިން...

09 May 2019 | 09:56

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ކުރިއަށް ގެންދިޔަ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާ، އަލުން ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ރައީސް މައުމޫނު ބައިވެރިވެވަަޑައިގަންނަވާ އިހުޔާ ޖަލްސާ މިރޭ ބޭއްވޭއިރު، މިފަދަ ޖަލްސާއެއްގައި ރައީސް މައުމޫނުގެ ތަގުރީރެއް އިވިގެންދާނީ ފަސް އަހަރު ފަހުންނެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުމަށް ފަހު، "މައުމޫން ފައުންޑޭޝަން" އިން ވަކިން އިހްޔާ ޖަލްސާތައް ބާއްވާފައިވާއިރު، އެންމެ ފަހުން އިހްޔާ ޖަލްސާއެއް ކުރިއަށް ގެންދިޔައީ 2014 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މި އަހަރުވެސް އެ ފައުންޑޭޝަނުން އެ ޖަލްސާތައް ބާއްވަން ނިންމާފައިވާއިރު، އެ ފައުންޑޭޝަންގެ ޖަލްސާތައް އޮންނާނީ މި މަހުގެ 14، 21 އަދި 28 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާތައް މި އަހަރުވެސް އޮންނާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގައެވެ.

ރައީސް މައުމޫނު އެ ޕްރޮގްރާމް ފެއްޓެވީ 1980 ވަނަ އަހަރުގެ ރޯދަ މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް