ފްލޯޓިންގް އައިލެންޑްސް ހަދަން އަނެއްކާވެސް ސޮއިކޮށްފި

ފްލޯޓިންގް އައިލެންޑްސްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް ނެދަލެންޑްސްގެ ޑަޗް ޑޮކްލެންޑްސް ކުންފުންޏާއެކު ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް ސޮއިކޮށްފިއެވެ. މިއީ މި އެއްބަސްވު...

09 May 2019 | 09:18

ފްލޯޓިންގް އައިލެންޑްސްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް ނެދަލެންޑްސްގެ ޑަޗް ޑޮކްލެންޑްސް ކުންފުންޏާއެކު ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް ސޮއިކޮށްފިއެވެ.

މިއީ މި އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރި ދެވަނަ ފަހަރެވެ.

މި މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަހްމަދު ސޯލިހެވެ. އަދި ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕޯލް ވަން ޑެ ކަމްޕްއެވެ.

މި އީޖާދު ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް އެންމެ ފުރަތަމަ ސޮއި ކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރުއެވެ. ނަމަވެސް އެ މަޝްރޫއުގެ ކަންކަން ފަހުން ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް