ރަސްމީ ދަތުރުފުޅެއްގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ މިނިސްޓަރު، އަބްދުﷲ ޝާހިދު ރުމޭނިއާ އަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓްރު ރުމޭނިއާ އަށް ވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިއޮޑޯ މެލެސްކާނޯ އިން ދެއްވި ދައުވަތަކަށެވެ.
ފޮރެން މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގައި ރުމޭނީއާގެ ޚާރިޖީ ވަޒީރު މެލެސްކާނޯއާއި މިނިސްޓަރު ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލްގެ އަރިހަށް މިނިސްޓަރު ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން، ރުމޭނިއާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުންނާއިއެކު އެޤައުމުގެ ވެރިރަށް ބުކަރެސްޓްގައި ބައްދަލުކުރައްވައި، ދެޤައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން އެބޭފުޅުންނާއިއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެ ކަމަށްވެސް ފޮރެން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
ރުމޭނިއާއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެސިސްޓަންޓް ޑިރެކްޓަރ ފާތުމަތު ރަޒާނާ ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް