ރޭގައި ހުޅުމާލޭގެ ކަރަންޓުގެ މައްސަލަ ޖެހެން ދިމާވި އިންޖީނުގެ މައްސަލަ ހައްލުކޮއްފިއެވެ.
ރޭގައި ހުޅުމާލޭގައި ކަރަންޓުގެ މައްސަލަ ދިމާވީ ހުޅުމާލޭގައި ކުރިއަށް ގެންދާ ފަސް ވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން ހިންގާ ހަ އިންޖީނުގެ ތެރެއިން އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަދި މައްސަލަ ޖެހުނު އިންޖީނަކީ ހުޅުމާލޭގައި ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކަރަންޓް ދެމުންގެންދިޔަ އިންޖީނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރޭގައި ހުޅުމާލެ އިން އެއްކޮށް ވަނީ ކަރަންޓު ގޮއްސައެވެ. އަދި ކަރަންޓު އަލުން ފޯރުކޮއްދެވުނީ ދެ ގަޑިއިރު ފަހުންނެވެ.
ސްޓެލްކޯއިން ކުރިއަށް ގެންދާ ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ އިންޖީނުގޭގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، އާ އިންޖީނުގެ ނިމުމުން މުޅި ހުޅުމާލެއަށާއި ހުޅުމާލެ ދެވަނަ ފިޔަވައްސަށްވެސް އެތަނުން ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް