ލޯކަލް މާރުކޭޓުގައި މިއަދު ކަރާ ކިލޯއެއްގެ އަގަކީ 25ރ. އެވެ. އިއްޔެ ކަރާ ކިލޯއެއް ލިބުނީ 35ރ. އަށެވެ.
މި ރޯދަމަސް ފެށުމުގެ ކުރިން ކަލާ ކިލޯއެއް ލިބުނީ 10ރ. އާއި 15ރ. އާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް ރޯދަމަސް ފެށުމާއި އެކީ ކަރަލުގެ އަގު އުފުލި، ކިލޯއެއް ލިބުނީ 45ރ. އަށެވެ. ނަމަވެސް ކަރާ ތިޔާގިވެ މަޑުމަޑުން ކަރަލުގެ އަގު ދަނީ ތިރިވަމުންނެވެ.
ވިޔަފާރި ވެރިންވެސް ބުނަނީ ކުރިއަށް ހުރި ދުވަސްތަކުގައި ކަރަލުގެ އަތު ތިރިވާނެ ކަމަށެވެ. ފުރަތަމަ ދެ ތިން ދުވަހު އަގު ބޮޑު ވީ ކަރަލުގެ ސަޕްލައި މަދުވެގެން ކަމަށްވެސް ވިޔަފާރި ވެރިން ބުނެއެވެ.
ލޯކަލް މާރުކޭޓުގައި ރޯދަ މަސް ފެށުމާއި އެކީ އަގު އުފުލުނު ގިނަ ބާވަތްތަކުގެ އަގު ދަނީ ދަށަށް ދަމުންނެވެ. ނަމަވެސް އަދިވެސް ކަނޑޫދޫ މިރުހުގެ އަގަކީ 100 ގްރާމް 75ރ. އާއި 90ރ. އާއި ދެމެދުގެ އަގެކެވެ. ގިނަ މީހުން ބުނަނީ އަދިވެސް މިރުހުގެ އަގު ބޮޑު ކަމަށެވެ. ރޯދަ މަސް ފެށުން އިރު ކަނޑޫދޫ މިރުސް ކިލޯއެއް ލިބުނީ 1200ރ. އަށެވެ. ނަމަވެސް މަޑުމަޑުން ކަނޑޫދޫ މިރުހުގެ އަގުވެސް ދަނީ ތިރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް