މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 36 އުޅަނދަކާ ވެރިފަރާތުން ހަވާލުނުވެއްޖެ ނަމަ އެތަކެތި ނައްތާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ އުޅަނދުތަކަކީ ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކް ކުރުމުގެ ސަބަބުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކެއް ކަމަށެވެ.
އެގޮތުން ގާނުނު ނަންބަރު 22/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ދެވަނަ އިސްލާހުގެ އަށްވަނަ މާއްދާގެ (ނ)ގެ ދަށުން އުޅަނދުތައް 60 ދުވަހުގެ ތެރޭގައި ވެރިފަރާތްތަކުން ހަވާލު ނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އެއުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 33 އުޅަނދަކީ ސައިކަލެވެ. އަދި ޓޯ ކޮއްފައިވާ އުޅަނދުތަކުގެ ތެރޭގައި އެއް ކާރާއި އެއް ވޭނާއި ޕިކަޕެއް ވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް