އުރީދޫއިން ބާއްވަމުން ގެންދާ އުރީދޫ މަސްރޭސް 16 ޓީމާއެކު ރޭގައި ފަށައިފިއެވެ.
މިއަހަރުގެ މަސްރޭހުގެ ޕާރޓްނަރުންގެ ގޮތުގައި ހަމަ ޖައްސާފައިވަނީ ފިޝަރީޒް މިނިސްޓްރީއާއި، ވީމީޑީއާ އަދި ޕޮލިސް ސާވިސްގެ އިތުރުން މާލޭ ސިޓީ ކައުންސިލްއެވެ.
އުރީދޫ އިން ބުނެފައިވަނީ މިއަހަރުގެ މަސްރޭހަށް 23 ޓީމު ކުރިމަތިލި ކަމަށާއި އެހެންނަމަވެސް ރޭހަށް ޖާގަ ދީފައިވަނީ 16 ޓީމަށް ކަމަށެވެ.
މަސްވެރިންގެ ޕާކް ސަރަހައްދުގައި ރޭ ފެށި މަސްރޭހުގައި ހަތަރު ޓީމު ބައިވެރި ވެފައިވާއިރު އޭގެ ތެރޭގައި ދިވެހި ސިފައިންގެ ކްލަބާއި، ހަބޭސް ބޮޑުބެރާއި، ކްލަބް 220 އާއި ވެއްލަސަރު ހިމެނެއެވެ. އަދި މި ހަތަރު ޓީމުގެ ތެރެއިން ރޭގެ ރޭހުން ކްލަބް ވެއްލަސަރު ވަނީ ފައިނަލްއަށް ދަތުރު ކޮއްފައެވެ.
މީގެ އިތުރުން، މިއަހަރުގެ އުރީދޫ މަސްރޭހުގައި ހަތަރު އަންހެން ޓީމް ބައިވެރި ވެފައިވެއެވެ. މި ހަތަރު ޓީމްއަކީ ޑީއެސްސީ ވިމެންއާއި، ޔުނައިޓެޑް ބީއެމްއެލްއާއި އެމްޓީސީސީ ކަނބަލުންގެ އިތުރުން ސްޓެލްކޯ ވިމެން އެވެ.
ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ބާއްވަމުން އަންނަ އުރީދޫ މަސްރޭސް މުބާރާތް ބާއްވާތާ މިއީ 10 ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް