ހުޅުމާލެ ހައިވޭގައި އެކްސިޑެންޓްއެއް ހިނގައިފި

މިއަދު ހެނދުނު މާލެ އިން ހުޅުމާލެއަށް ދިޔަ ވޭން އެއް ކޮންޓްރޯލް ނުވެގޮސް ޑިވައިޑަރު ތަކެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:...

09 May 2019 | 06:54

މިއަދު ހެނދުނު މާލެ އިން ހުޅުމާލެއަށް ދިޔަ ވޭން އެއް ކޮންޓްރޯލް ނުވެގޮސް ޑިވައިޑަރު ތަކެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:11 އެހާއިރެވެ.

ވޭނަށް ކޮންމެސްވަރެއްގެ ގެއްލުންތަކެއް ވެފައިވާއިރު، ޑިވައިޑަރުތައް ފުނޑުފުނޑުވެ ބުރައިގެން ދިޔަ ދިޔުމުން ހުޅުމާލެއިން މާލެ ދިޔަ ޓެކްސީއެއްގެ ބޭރުގައި ޖެހި ޓެކްސީއަކަށް ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް