ކަޅުވަކަރު މިސްކިތް ބަހައްޓަދޭނެ ފަރާތެއް ހޯދަނީ

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީއިން އަނެއްކާވެސް އިއުލާން ކޮއްފިއެވެ. އަލުން ކޮއްފައިވާ އިއުލާނުގެ ސުންގަޑި ހަމަވަނީ މި މަހުގެ 22 އަށެވެ. އަދި މިކަމަށް ޝައު...

09 May 2019 | 05:51

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީއިން އަނެއްކާވެސް އިއުލާން ކޮއްފިއެވެ.

އަލުން ކޮއްފައިވާ އިއުލާނުގެ ސުންގަޑި ހަމަވަނީ މި މަހުގެ 22 އަށެވެ. އަދި މިކަމަށް ޝައުގުވެރުވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15000ރ ދައްކަން ޖެހެއެވެ. އަދި ބީލަމުގައި ބައިވެރި ވެވެނީވެސް 500ރ ގެ ފީއެއް ދައްކައިގެންނެވެ.

މިދިޔަ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓައިދޭނެ ފަރާތެއް ހޯދަން މީގެ ކުރިންވެސް ވަނީ އިއުލާން ކޮއްފައެވެ. ފުރަތަމް އިއުލާން ކުރީ އޭޕްރީލް މަހުގެ 8 އިން 22 އަށެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް އެކަމަށް ނުލިބުމުން އަލުން އިއުލާން ކުރީއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ކަޅުވަކަރު މިސްކިތް ރޫޅާލާ މާލެ ނޫން ތަނަކަށް ބަދަލުކުރަން މަސައްކަތް ކޮއްފައިވީ ނަމަވެސް އާ ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އެކަން ކާމިޔާބެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް