ދުވަހުގެ ރެސިޕީ: ބުލެކް ޕެޕަރ ބީފް

ބޭނުންވަނެ ތަކެތި 250 ގ ބީފް ހަތަރެސްކަނަށް ނުވަތަ ދިގުކޮށް ކޮށާލާފަ 2 ފިށް ލޮނުމެދު ތުނިކޮށް ކޮށާލާފަ 50 ގ އިނގުރު ތުނިކޮށް ކޮށާލާފަ 2/1 ފެހި ބެލްޕެޕަރ ތިނެސްކަނަށްވާގޮތަށް ކޮށާލާފަ 2/1 ރަތް ބެލްޕެޕަ...

09 May 2019 | 05:36

ބޭނުންވަނެ ތަކެތި

250 ގ ބީފް ހަތަރެސްކަނަށް ނުވަތަ ދިގުކޮށް ކޮށާލާފަ

2 ފިށް ލޮނުމެދު ތުނިކޮށް ކޮށާލާފަ

50 ގ އިނގުރު ތުނިކޮށް ކޮށާލާފަ

2/1 ފެހި ބެލްޕެޕަރ ތިނެސްކަނަށްވާގޮތަށް ކޮށާލާފަ

2/1 ރަތް ބެލްޕެޕަރ ތިނެސްކަނަށްވާގޮތަށް ކޮށާލާފަ

1 ބޮޑު ފިޔާ ތިނެސްކަނަށްވާގޮތަށް ކޮށާލާފަ

1 މޭޒުމަތީ ސަމުސާގެ މުގުރި އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް

2/1 މޭޒުމަތީ ސަމުސާ ސެސަމީ ތެޔޮ

2/1 1 މެގީ ސީޒަންނިން

50 ގ ޒުވާރި ފުށް

ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ހައްދަވާނެ ގޮތް

އެންމެ ފުރަތަމަ ކޮށާފަ ހުރި ބީފް ކޮޅު، ލޮނު އަދި ކުޑަ އަސޭމިރުސް ކޮޅަކާ އެކީ އެއްކޮއްލައްވާ. ރަނގަޅަށް އެއްކުރެވުނީމަ ޒުވާރި ފުށް ކޮޅެއްގަ ހުރިހާ ބީފް ކޮޅު ތަކެއް ރަނގަޅަށް ފުށާއެކީ އެއްކޮށްލައްވާ. ދެން އެއަށްފަހު ތަވާގަ ތެޔޮ ފޮދެއް ހޫނު ކޮށްލުމަށްފަހު ތަވާގެ ތެރޭގައި ބީފް ކޮޅު ކުޑަކޮށް ރޯފިލަންދެން ކައްކަވާލައްވާ. ބީފް ކޮޅު ވަކި ތަށްޓަކައް ނެގުމަށް ފަހު، ހަމަ އެތަވާގަ ފިޔާ، ލޮނުމެދު އަދި އިނގުރު މީރު ކޮށްލެއްވުމަށްފަހު ސޯޔާ ސޯސް، މެގީ ސީޒަނިން އަދި އޮއިސްޓަރ ސޯސް އެޅުއްވުމަށްފަހު 2 މިނެޓް ވަރު ވަންދެން ސޯސް ކޮޅު ކައްކަވާލައްވާ. މުގުރި އަސޭމިރުސް އަދި ބީޕް ކޮޅު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު 2 ކުލައިގެ ކޮށާލާފަ ހުރި ބެލްޕެޕަރ  އަދި ސެސަމީ ތެޔޮ ކޮޅު އަޅުއްވާ އެއްކޮށްލައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް