ޕެޓްރޯލް ޝެޑުތައް މެންދަމު އެެކެއް ޖަަހަންދެން ހުޅުވާފައި ބަހައްޓަން ނިންމައިފި

މާލޭގެ ޕެޓްރޯލް ޝެޑުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބަހައްޓާގޮތަށް ނިންމައިފިއެވެ. ފިއުލް ސަޕްލައި އޮފް މޯލްޑިވްސް އިން މިއަދު ކޮއްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ހުރި ...

09 May 2019 | 04:50

މާލޭގެ ޕެޓްރޯލް ޝެޑުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބަހައްޓާގޮތަށް ނިންމައިފިއެވެ.

ފިއުލް ސަޕްލައި އޮފް މޯލްޑިވްސް އިން މިއަދު ކޮއްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ހުރި ފަސް ޕެޓްރޯލް ޝެޑު މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް ގެނެސްފައިވާ ބަދަލަކީ މި ރޯދަ މަހާ ގުޅިގެން ގެނައި ބަދަލެއް ކަމަށެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ގެންނަ މި ބަދަލަކީ ކަސްޓަމަރުންނަށް ފަސޭހަ ކޮއްދިނުމުގެ ގޮތުން ގެނެސްދޭ ބަދަލެއްކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފައިވެއެވެ.

ޕެޓް ރޯލް ޝެޑުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބަހައްޓަން ނިންމާފައިވާއިރު ކޮންމެ ދުވަހަކުވެސް ހަވީރު ފަހަކުން އަށެއް ޖަހަންދެން ބަންދުކޮށްފައި ބަހައްޓަން ވަނީ ނިންމާފައެވެ. އަދި ހުރިހާ ޝެޑެއްވެސް ނަމާދު ވަގުތައް 20 މިނިޓަށް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

https://twitter.com/Fuel_Maldives/status/1126009261543153664

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް