ސައުދާއި ސިނާންއަށް ކުރާ ދައުވާގެ އަޑުއެހުންވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ. ...

09 May 2018 | 09:44

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އެ ދެބޭފުޅުންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އަޑުއެހުންތައއް ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ. މިއީ، ސިނާންގެ ޝަރީއަތް ތާވަލް ކުރުމަށް ފަހު ކެންސަލް ކުރި ދެވަނަ ފަހަރެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ މަޖިލިސްގެ މެމްބަރެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އޭނާ މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި، ދައުލަތް ހިންގަން ބުރޫ އަރާ ފަދަ ގޮތަކަށް އަމުރު ނެރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބުނެ އެވެ.

ސައުދުގެ މައްޗަށް މި ދައުވާ އުފުލީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި އެވެ. ސައުދުގެ އިތުރުން މި މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.

މިއަދު ބޭއްވުމަށް ތާވަލް ކުރީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ސިނާނާއި ސައުދާއި ހަނީފްގެ މައްޗަށް މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް