އީސީގެ މެންބަރުން ކަމުން އިސްތިއުފާ ދެއްވައި، ޝަކީލް އިކޮނޮމިކަށް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާދެއްވިކަން ހާމަ ކުރެއްވީ ރައިސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި ...

09 May 2018 | 09:18

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާދެއްވިކަން ހާމަ ކުރެއްވީ ރައިސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި އެވެ. މުއާޒު ވިދާޅުވީ އެމަގާމުން އިސްތިއުފާ ދެއްވުމާއި އެކު ރައީސް އަބްދުﷲ ޔާމީން ވަނީ ޝަކީލް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ކަމަށެވެ.

https://twitter.com/SpokespersonMV/status/994128094825861120?ref_src=twsrc%5Etfw&ref_url=https%3A%2F%2Fmihaaru.com%2Fnews%2F35662&tfw_creator=Mihaarunews&tfw_site=Mihaarunews

އިލެކްޝަންސް ކޮމިޝަނުން ޝަކީލް އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހްމަދު ސުލައިމާން ވެސް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އައްޔަން ކުރެއްވީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށެވެ. އޭނާ އަކީ މިހާރު އެ ކޮމިޝަނުގެ ރައީސެވެ.

ސުލައިމާން އިސްތިއުފާދެއްވުމުން އެ ކޮމިޝަނުން ހުސްވި މެންބަރުކަމަށް މަޖިލީހުން ރުހުން ދީގެން ހޮވިވަޑައިގެންނެވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އޭނާ އަކީ މިހާރު އެ ކޮމިޝަނުގެ ރައީސެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް މި ގެންނަނީ އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ.

ޕީޕީއެމްގެ މަސްލަހަތުތައް ހިމާޔަތްވާގޮތަށް، އެ ކޮމިޝަނުން ގިނަ ކަންކަން ކުރަމުން އަންނަ ކަމަށް ކުރާ ތުހުމަތުތައް އިލެކްޝަންސުން އަންނަނީ ދޮގު ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަން ހިންގަމުން ދަނީ ވެރިކަން ކުރާ ޕީޕީއެމްގެ އޮފީހެއްގެ ގޮތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް