މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ފޯކްލިފްޓެއްގެ ދަށުވެ މަޖޫރީއެއްގެ ފައި ޗިސްވެއްޖެ އެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު އެވެ. މިހާދިސާގައި އެމީހާގެ ފަޔަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ހޯދަމުންނެވެ.
އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ މިހާދިސާގައި އެމީހާގެ ފަޔަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެކަމަކު ފުރާނައަށް ގެއްލުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ހާދިސާ ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.
ގިނަ އަދަދަކަށް ދިވެހިންނާއި ބިދޭސީ މަޖޫރީން މަސައްކަތް ކުރާ އެމްޕީއެލް ވިޔަފާރި ބަނދަރުގައި މިދިޔަ އަހަރުވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ. ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް، މީގެއްގެ ފައިގަ އެއިން ޖެހި ލިބުނު ގެއްލުންތަކުގައި އެމީހާގެ ކަނާތު ފައި ބުރިކޮށްލަން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް