ބޮޑުފުޅަދޫއަށް ނަގޫ ރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުންވެއްޖެ

އއ. ބޮޑުފުޅަދޫއަށް ރޭ ނަގޫ ރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުން ވެއްޖެ އެވެ. އެ ރަށު ކައުންސިލުން ބުނީ ރޭ 10:20 ހާއިރު އެ ރަށު ހުޅަނގުކޮޅުން އެރި ނަގޫރޯޅީގައި ހަ ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލ...

09 May 2018 | 08:11

އއ. ބޮޑުފުޅަދޫއަށް ރޭ ނަގޫ ރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުން ވެއްޖެ އެވެ.

އެ ރަށު ކައުންސިލުން ބުނީ ރޭ 10:20 ހާއިރު އެ ރަށު ހުޅަނގުކޮޅުން އެރި ނަގޫރޯޅީގައި ހަ ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މި ހާދިސާގައި ބޮޑު ގެއްލުމެއް ވެފައި ވަނީ އެންމެ ގެއަކަށެވެ. އެއީ އަލަށް އިމާރާތްކޮށްފައިވާ ގެކެވެ. އެގޭގެ ފުރާޅު އެއްކޮށް އެއްލާލާފައިވާއިރު، ދެން ގެއްލުންވި ގޭގޭގައި އެއްލާލާފައިވަނީ ފުރާޅުގެ ބައެއް ނުވަތަ ބަދިގޭ ފުރާޅެވެ.

މި ހާދިސާގައި އެ ގެތަކަށް ލިބުނު ގެއްލުންތައް ޑީޒާސްޓާ މެނޭޖްމެންޓުން ބަލަމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ. ގެއްލުންވި ގޭގޭގެ ފުރާޅުތައް މަރާމާތު ކުރުމުގެ މަސައްކަތް އެ ގޭގޭގެ ވެރި ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް