ތަފާތު ފީޗަރ ތަކަކާއެކު އިސްލާމިކް ބޭންކްގެ މޯބައިލް ބޭންކިންގ ތައާރަފް ކޮށްފި

މިހާރު މާކެޓްގައި ދެމުން އަންނަ މޯބައިލް ބޭންކިންގް ހިދުމަތްތަކަށްވުރެ ތަފާތު ގިނަ ހިދުމަތް ތަކަކާއެކު މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގެ މޯބައިލް ބޭންކިންގ ހިދުމަތް ތައާރަފް ކޮށްފި އެވެ. މި ހ...

09 May 2018 | 04:12

މިހާރު މާކެޓްގައި ދެމުން އަންނަ މޯބައިލް ބޭންކިންގް ހިދުމަތްތަކަށްވުރެ ތަފާތު ގިނަ ހިދުމަތް ތަކަކާއެކު މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގެ މޯބައިލް ބޭންކިންގ ހިދުމަތް ތައާރަފް ކޮށްފި އެވެ.

މި ހިދުމަތް ތައާރަފް ކޮށްފައިވަނީ އެކަމަށްޓަކައި ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.

އެ ބޭންކުން މައުލޫމާތު ދެއްވާގޮތުގައި މޯބައިލް ބޭންކިންގެ އެންޑްރޮއިޑް އަދި އެޕަލް އެޕްލިކޭޝަން ރޭގެ ހަފްލާގައި ވަނީ ލޯންޗު ކޮށްފައި އެވެ.

މި އެޕްލިކޭޝަންތަކުގައި ހިމަނާފައިވާ ފީޗަރ ތަކަށް ބަލާއިރު އެކައުންޓް ބެލެންސް ބަލާލުމާއި ކުރީގެ މުއާމަލާތްތަކުގެ ތަފްސީލް ބަލާލުމާއި އެމްއައިބީގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފަރ ކުރުމުގެ ފުރުސަތުގެ އިތުރުން ލޯކަލް އެހެން ބޭންކްތަކުގެ އެކައުންޓަކަށް ޓްރާންސްފަރ ކުރުމުގެ ފުރުސަތުވެސް ހިމެނެ އެވެ.

އަދި ޓްރާންސްފަރ ރިސީޕްޓް ޝެއަރ ކުރުމާއި އެކައުންޓްސް ނުވަތަ ކޮންޓެކްޓް މެނޭޖް ކުރުމާއި ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކްގެ ބްރާންޗްތައް ހުންނާނެ ލޮކޭޝަންތައް ބަލާލުމާއި ސެކިއުރިޓީ ފީޗަރގެ ގޮތުގައި ޕިން ކޯޑެއް ނުވަތަ ފިންގަރ ޕްރިންޓް ހިޔާރު ކުރުމުގެ ފުރުސަތާއި "ޓޫ ފެކްޓަރ އޮތެންޓިކޭޝަން" ބޭނުން ކުރުމުގެ ފުރުސަތުވެސް ހިމެނެ އެވެ.

މިހާރު މާކެޓްގައި ހުރި މި ފަދަ އެޕްލިކޭޝަންތަކުގައި ހިމަނާފައިނުވާ ތަފާތު ފީޗަރ ތަކެއްވެސް އެމްއައިބީގެ އެޕްލިކޭޝަންގައި ހިމަނާފައި ވެ އެވެ. އެއީ ބަލައިލަން ފަސޭހަ ރިސިޕްޓް ކާޑްތަކެއްގެ ގޮތުގައި ޓްރާންސެކްޝަންސްގެ ތަފްސީލް ސޭވް ކުރުމުގާއި ޝެއަރ ކުރުމުގެ ފުރުސަތާއި ޓްރާންސެކްޝަންސް ޝޯޓްލިސްޓް ކުރުމާއި ފިލްޓަރ ކުރުމުގެ ފުރުސަތާއި "ޑްރެގް އެންޑް ޑްރޮޕްކޮށް" (ދަމާލާފައި ގެންގޮސް އެއް އެކައުންޓުން އަނެއް އެކައުންޓަށް) ފައިސާ ފޮނުވުމުގެ ފުރުސަތުގެ އިތުރުން ޗެކް ފޮތުގެ ތަފްސީލާއި ޗެކް ފޮތުގެ އަޕްޑޭޓްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވެ އެވެ.

މީގެ އިތުރުން ޗެކް ކްލިއަރިން ސްޓެޓަސް ބަލައިލުމުގެ ފުރުސަތާއި ޗެކެއް ގެއްލިއްޖެ ނަމަ އެކަން ރިޕޯޓް ކުރުމުގެ ފުރުސަތާއި ކަސްޓަމަރ އިސްލާމިކް ބޭންކްގެ ފައިނޭންސިންގ ފެސިލިޓީއެއްގެ ހިދުމަތް ބޭނުން ކުރާނަމަ ބާކީ ދައްކަން ޖެހޭ އަދަދާއި ދައްކާފައިވާ އަދަދާއި އެކަމުގެ އެންމެހާ މައުލޫމާތެއް ތަފްސީލުކޮށް ބަލައިލުމުގެ ފުރުސަތުވެސް މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެން ދެ އެވެ. މި ހިދުމަތަށް ރަޖިސްޓްރޭޝަން ނުވަތަ އަހަރީ އެއްވެސް ފީއެއް ނުނަގާނެ ކަމުގައިވެސް އެމްއައިބީ އިން ބުނެ އެވެ.

ރޭ ތައާރަފްކުރި މޯބައިލް ބޭންކިންގ ހިދުމަތުގެ އިތުރުން އިންޓަނެޓް ބޭންކިންގ (ފައިސާނެޓް) ޕޭމަންޓް ގޭޓްވޭ (ފައިސާ ޕޭ) ފައިސާ އޭޓީއެމް އަދި ފައިސާ ޕީއޯއެސްގެ އިތުރުން ފައިސާ ޕީއޯއެސް ކޭޝްގެ ހިދުމަތް މޯލްޑިވްސް އިސްލާމިކް ބޭންކުން އަންނަނީ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް