ސަރޮގޭޓް ކޮށްގެން ބޮލީވުޑްގައި ދަރިން ހޯދާ ލިސްޓަށް މީހަކު އިތުރުވެއްޖެ އެވެ.
ބޮލީވުޑްގެ ހެއްވާ މަޖާ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޝްރެޔާސް ޓަލްޕަޑޭ އާއި އަންހެނުން ޑީޕްތީއަށް ސަރޮގޭޓުކޮށްގެން ލިބުނީ އަންހެން ކުއްޖެކެވެ. ދެމަފިރިންވެސް ބުނެފައިވަނީ ދަރިއަކު ލިބުމުން ވަރަށް އުފާވެ، އާއިލާ ފުރިހަމަވެފައިވާ ކަމަށެވެ.
އެމީހުންގެ ދަރިފުޅު ވިހަން ހަމަޖެހިފައި އޮތީ މިމަހުގެ 20 އެހާތާއެވެ. އެކަމަކު ވިހާ ދުވަސް މިމަހުގެ 10 އެހާތަނަށް ބަދަލު ކުރުމުން ދެމަފިރިން ޗުއްޓިއަކަށް ދާން ނިންމި ކަމަށާއި ކުއްޖާ ވިހައިގެން ޑޮކްޓަރު އެމީހުންނަށް ގުޅީ ޗުއްޓީގައި އުޅެނިކޮށް ކަމަށް ޝްރެޔާސް މީޑީއާގައި ބުނެފައިވެ އެވެ. އެހެންވެ އެމީހުންނަށް ޖެހުނީ ޗުއްޓީ ކުރުކޮށްލުމަށް ފަހު އަވަހަށް ދާށެވެ.
މިދެމަފިރިންގެ ކައިވެންޏަށް މިހާރު 14 އަހަރު ވެއްޖެ އެވެ. ޝްރެޔާސް ބުނެފައިވާގޮތުގައި ސަރޮގޭޓްކޮށްގެން ކުއްޖަކު ހޯދަން ނިންމީ ޑޮކްޓަރު އެކަމަށް ލަފާ ދިނުމުންނެވެ. ކުއްޖާއަށް ކިޔާނެ ނަމެއްގެ ލިސްޓެއް އެމީހުން ވަނީ ހަދާފަ އެވެ. އަދި ވަރަށް އަވަަހަށް އޭގެން ނަމެއް އިއުލާނު ކުރާނެ ކަމަށް މީޑިއާގައި އޭނާ ބުނެފައިވެ އެވެ.
ސަރޮގޭޓް ކުރުމަކީ އަންހެނާގެ ބަނޑުގައި އުފެދޭ ދަރިފަނި ނަގައި އެހެން އަންހެނެއްގެ ބަނޑަށް ލައްވައިގެން ބޮޑު ކޮށްގެން އެ ދަރިފުޅު އެ އަންހެން މީހާ ވިހެއުމެވެ.
އެންމެ ފަހުން މިގޮތަށް ކުއްޖަކު ހޯދީ ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނާންޑޭޒް އެވެ. އޭގެ ކުރިން ތުޝާރު ކަޕޫރާ ކަރަން ޖޯހަރުވެސް ސަރޮގޭޓްކޮށްގެން ކުއްޖަކު ހޯދާފައިވެ އެވެ. އެކަމަކު މީހުންނާ ނީނދެ ތިބެ އެގޮތަށް ދަރިން ހޯދުމުން ކަރަން އާއި ތުޝާރަށް މީހުން ވަރަށް މަލާމާތް ކުރި އެވެ.
ޝްރެޔާސް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ގޯލްމާލް އަގެއިން" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް