ހއ. ހޯރަފުށީ އުމުރުން އެންމެ ހަތަރު އަހަރުގެ އައިޝަތު މީޝާ މުހައްމަދު ނިޝާހް އަކީ ޅަ އުމުރުގައި ހިތްދަތި ވޭންތަކެއް ތަހަންމަލް ކުރަމުންދާ ކުއްޖެ ކެވެ.
ވިހޭތާ ދެތިން މަސްތެރޭގައި 2014 ވަނަ އަހަރު މިޝާ ވަނީ ކިޑްނީގެ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. ކިޑްނީ އާއި ކުޑަކަމުދާ ނިޒާމު ގުޅުވައިދޭ ހޮޅި ބެދިފައިވާތީ ކުރި އެ އޮަޕަރޭޝަނަށް ފަހު ހޮޅިއެއް ލެއްވި އެވެ. އެ އޮޕަރޭޝަން ކުރީ މިޝާގެ ކިޑްނީ މަސައްކަތް ކުރާ ޕަސެންޓޭޖު ޑޮކްޓަރުން ބޭނުންވާ ވަރަށް ހުރުމުންނެވެ. ކިޑްނީއަށް ލެއްވި އެ ހޮޅި ކޮޅު ވަނީ 2015 ވަނަ އަހަރު ނަގާފަ އެވެ.
އެއަށް ފަހު މިޝާގެ މައިންބައިން ހީކުރީ މިޝާއަށް ދިމާވި މުސީބާތުން ސަލާމަތްވެ ރަނގަޅު ސިއްހަތެއް ތުއްތު ދަރިފުޅަށް ލިބޭނެ ކަމަށެވެ. އެކަމަކު އަނެއްކާވެސް ކުއްލިއަކަށް ދަރިފުޅުގެ ހާލު ގޯސްވާތީ ޑޮކްޓަރަށް ދެއްކުމުން ބުނެފައިވަނީ އޮޕަރޭޝަން ކުރި ތަން ދުޅަވެފައިވާ ކަމަށެވެ.
ޑޮކްޓަރު ލަފާދެއްވާފައިވަނީ ރާއްޖެއިން ބޭރަށް ގޮސް ޓެސްޓެއް ހަދައި އެ ޓެސްޓުގެ ނަތީޖާއިން ކިޑްނީ މަސައްކަތް ކުރާ މިންވަރަށް ވުރެ 10 ޕަސެންޓު ދަށް ނަމަ ކިޑްނީ ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. ކިޑްނީ މަސައްކަތް ކުރާ ޕަސެންޓޭޖު ރަނގަޅު ނަމަ އަނެއްކާވެސް ކިޑްނީއަށް ހޮޅިއެއް ލެއްވުމަށެވެ.
ކުއްޖާގެ ބައްޕަ ނިޝާހު ދުވަހަށް މައުލޫމާތު ދެމުން ބުނީ ކުއްލިއަކަށް މިފަދަ ބޮޑު ފަރުވާއެއް ދެވަނަ ފަހަރަށް ކުރާނެ ފައިސާ އާއިލާއިން އެކަނި ހަމަޖެއްސުމަކީ ދަތިކަމަށް ވެފައިވާ ކަމަށެވެ. އަދި މިޝާގެ ހާލު ހުރި ގޮތުން ކިޑްނީ ބަދަލު ކުރުން ފަދަ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށް ބަލާއިރު އެކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށެވެ.
އާއިލާއިން ތިބީ މިޝާގެ ފުރާނަ ސަލާމަތް ކުރަން ކިޑްނީ ދޭން ޖެހުނަސް ތައްޔާރަށެވެ. އާންމުންގެ ފަރާތުން ބޭނުންވަނީ އެކަމަށް އާއިލާއަށް ދީލަތި އެހީތެރި ކަމެއް ފޯރުކޮށްދިނުމެވެ.
އިތުރު މައުލޫމާތު ހޯދުމަށް
މުހައްމަދު ނިޝާހު: 9922591
އެހީތެރިވުމަށް:
ދިވެހި ރުފިޔާ: މުހައްމަދު ނިޝާހު - 7714153098101
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް