ސަޅި އޮފަރ އަކާއެކު އުރީދޫ ސުޕަރނެޓް އޭދަފުއްޓަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. އޭދަފުއްޓަށް އިއްޔެ ތައާރަފްކޮށްފިއެވެ. އުރީދޫން މައުލޫމާތުދޭގޮތުގައި މިކަމުގެ އުފަލުގައ...

08 May 2018 | 22:08

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. އޭދަފުއްޓަށް އިއްޔެ ތައާރަފްކޮށްފިއެވެ.

އުރީދޫން މައުލޫމާތުދޭގޮތުގައި މިކަމުގެ އުފަލުގައި އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ އޮފަރ އެއް މެދުވެރިކޮށް، 7 ޖުލައި 2018 ގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ޙިޔާރު ކުރައްވާ ބޭފުޅުންނަށް، ބާރަ މަހުގެ މަހުފީ އިން %30 ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. 100% ސާވިސް ގެރެންޓީއާއެކު އޭދަފުށީގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި އެވެ.

"ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތާއި އެކު، އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދެވޭ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން ނުހަނު އަޙަމިއްޔަތުކަންދޭ ކަމެއް. މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެމުން އަންނައިރު މި ޚިދުމަތާއި އެކު، އޭދަފުށީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައި ކަމުގައި އުރީދޫން ހާމަކުރެ އެވެ.

އޭދަފުއްޓަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރ އަކީ އޭދަފުށި ކޭބަލް ނެޓްވަރކް އެވެ.

ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/sn އަށް ޒިޔާރަތްކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް