ހަމަލަ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެއްޖެ: އީރާނު

އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމުގެ ތިން މާއްދާއަކާ، މަޝްވަރާތައް ފެށުމުގެ ކުރިން ވެސް އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް ބުނެ އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ...

09 Apr 2026 | 00:25
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް -

އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް -

އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމުގެ ތިން މާއްދާއަކާ، މަޝްވަރާތައް ފެށުމުގެ ކުރިން ވެސް އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް ބުނެ އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ބަޔާނެއް ނެރެފިއެވެ.

ޤާލީބާފް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް ވެސް އޭނާގެ ޓްރޫތް ސޯޝަލް ޕޯސްޓެއްގައި، އީރާނުގެ 10 ނުކުތާގެ ހުށަހެޅުމަކީ މަޝްވަރާގެ އޮނިގަނޑެއްގެ ގޮތުގައި ބަލައިގަނެވޭނެ ހުށަހެޅުމެއް ކަމަށް ބުނެފައިވީ ނަމަވެސް، އެ އެއްބަސްވުމުގެ ތިން މާއްދާއަކާ މިހާރު ވެސް ޚިލާފުވެފައިވެއެވެ.

ޚިލާފުވި ތިން މާއްދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވަނީ، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާ ބެހޭ ފުރަތަމަ މާއްދާއާ ޚިލާފުވުމާއި، އީރާނުގެ ވައިގެ ސަރަހައްދަށް ޑްރޯނެއް ވައްދައި ފާރިސް ޕްރޮވިންސްގެ ލާރު ސިޓީ މަތިން އެ ޑްރޯން ވައްޓާލަން ޖެހުމާއި، ހަ ވަނަ މާއްދާގައި ހިމެނޭ ޔުރޭނިއަމް ފައްކާ ކުރުމުގެ ހައްގު ނިގުޅައިގަތުމެވެ.

މި ހާލަތުގައި ދެ ފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމެއް ނުވަތަ މަޝްވަރާތައް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވެސް ޤާލީބާފް ބަޔާނުގައި ބުނެފައިވެއެވެ. އޭނާ ސިފަކުރި ގޮތުގައި، އެމެރިކާގެ ފަރާތުން ވައުދާ ޚިލާފުވުމަކީ ތާރީޚީ ގޮތުން ތަކުރާރުވަމުން އަންނަ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް