ރޯދަމަހަށް އެކުވެރި އަރަބި އިމާރާތާއި ސައުދީން ޔަމަނަށް 200 މިލިޔަން ޑޮލަރު

ބަރަކާތްތެރި ރަމަޟާން މަސް ފެށެން އެންމެ 26 ދުވަހަށް ވެފައިވާއިރު، މި ރޯދަމަހަށް އެކުވެރި އަރަބި އިމާރާތާއި ސައުދީ އަރަބިއްޔާއިން ޔަމަނަށް 200 މިލިޔަން ޑޮލަރު ދޭން ނިންމައިފިއެވެ. އެ ދެގައުމުން ގުޅިގެ...

09 Apr 2019 | 16:02

ބަރަކާތްތެރި ރަމަޟާން މަސް ފެށެން އެންމެ 26 ދުވަހަށް ވެފައިވާއިރު، މި ރޯދަމަހަށް އެކުވެރި އަރަބި އިމާރާތާއި ސައުދީ އަރަބިއްޔާއިން ޔަމަނަށް 200 މިލިޔަން ޑޮލަރު ދޭން ނިންމައިފިއެވެ.

އެ ދެގައުމުން ގުޅިގެން މި އެހީދޭން ނިންމާފައިވަނީ ރޯދަމަހު ޔަމަނުގެ މުސްލިމުންގެ ހާލަތު ރަނގަޅު ކުރުމުގެ ނިޔަތުގައެވެ.

ދާހިލީ ހަނގުރާމައެއްގެ ތެރޭގައި ޔަމަނު އޮންނަތާ އެތައް އަހަރެއް ވެފައިވާއިރު، އެކުވެރި އަރަބި އިމާރާތާއި ސައުދީން ބުނެފައިވާގޮތުގައި މި އެހީ ހޫތީންނާއި ޔަމަނު ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށް އެއްވަރަށް ދިނުމަށް އެހީދޭ ޖަމާއަތްތަކުގެ ކިބައިން ސައުދީ އާއި އެކުވެރި އަރަބި އިމާރާތުން އެދިފައިވެއެވެ.

މި އަދަދަކީ ނިމިދިޔަ ނޮވެމްބަރުގައި، ޔަމަނަށް އެހީވުމަށް އެ ދެ ގައުމުން 500 މިލިޔަން ޑޮލަރު ދިނުމަށް އެއްބަސްވި އެއްބަސްވުމުގެ ބައެކެވެ.

ރޯދަމަހާއި ދިމާކޮށް މުސްލިމު އެއް ގައުމު އަނެއް ގައުމަށް އެހީވުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ރާއްޖެއަށްވެސް ސައުދީ އާއި މުސްލިމު ބައެއް ގައުމުތަކުން މިފަދަ އެހީތައް ފޯރުކޮށްދެމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް