މިމަހުގެ ހަ ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، މާމިގިލި ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
މިގޮތަށް އީސީ އިން ނިންމީ އެ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓެއްގެ މަންދޫބަކު އެކޮމިޝަނަށް ހުށަހެޅި ޝަކުވާ އަކާއި ގުޅިގެންނެވެ. އެ ދާއިރާގައި ޖުމްލަ 190 ބާތިލް ވޯޓު ލާފައިވެއެވެ.
އީސީގެ ނަތީޖާ ދައްކާގޮތުގައި މިވަގުތު އެދާއިރާއަށް ހޮވިފައިވަނީ މިހާރުގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ވެސް ރައީސް ގާސިމް އިބްރާހިމް އެވެ. ގާސިމަށް ލިބިފައިވަނީ 1081 ވޯޓެވެ.
މީގެ އިތުރުން ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއްވެސް ގުނަން އީސީ އިން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް