ނ. މާފަރުގެ އެއާޕޯޓު ރަންވޭގެ މެދަށް ވެލައެއް އަރާ ބިސް އަޅައިފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ އަކުން ފެންނަނީ، ބޮޑު ވެލައެއް އަރާ ރަންވޭގެ މެދަށް ބިސް އަޅާފައިވާ މަންޒަރެވެ. މި ވެލާ ބިސް އަޅާފައިވަނީ އާންމުކޮށް ވެލާ ބިސް އަޅާ ގޮތާއި ހިލާފަށް ވެލިގަނޑު ނުކޮނެއެވެ. އެހެން ނޫނަސް ރަންވޭގައި ވެލި ނެތުމުގެ ސަބަބުން ނުވެއް ކޮނެވޭނެއެވެ.
މާފަރާކީ އާންމުކޮށް ވެލާ އަރާ ބިސް އަޅާ ރަށެކެވެ. އަދި ރަންވޭ ހަދަމުން އަންނަ ސަރަހައްދަކީ އެރަށުގައި އާންމުކޮށް ވެލާ އަރާ ސަރަހައްދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް