އިންޑޮނޭޝިޔާގައި މި މަހު 17ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އާއްމު އިންތިހާބާ ދިމާކޮށް ހަތަރު ލައްކަ ސިޓީ އުރައިގާ އަށް ބިލިޔަން ރުޕީސް ބަހަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ވަރުގަދަ ސިޔާސީ ބޭފުޅެކެވެ.
އެއީ ވޯޓު ގަންނަން ހަރަދުކުރަމުންދިޔަ ފައިސާކަމަށް ބުނެފައިވާއިރު އެ ފައިސާގެ އަދަދަކީ ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށް އަށް ލައްކަ ޑޮލަރެވެ.
ތުހުމަތުކޮށްފައިވާގޮތުގައި މި ފައިސާ އަކީ ވޯޓުލާ ދުވަހުގެ ހެނދުނު ވަގުތު ބަހަން ތައްޔާރުކޮށްފައިހުރި ފައިސާ އެވެ.
އިންޑޮނޭޝިޔާގެ އާއްމު އިންތިހާބުގައި 192 މިލިޔަން މީހުން ވޯޓުލާނެއެވެ. މި އިންތިހާބުގައި ދެ ލައްކައަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް