ގައުމުގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ބޭނުންވާފަދަ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން އަންނައިރު ޑރ. މުހައްމަދު ޖަމީލް އަހްމަދު އެކަމަށް ރައްދެއް ދެއްވައިފިއެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ ނިޒާމު ބަދަލުކުރަން ހިތުއަޅައިގެން ރައީސް ނަޝީދު އުޅުއްވާ އުޅުމުން ހިތާމަކުރައްވާކަމަށެވެ. އަދި މުހިއްމު ކަމަކީ އެއީ ނޫން ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވެފައިވަނީ މިވަގުތު ނިޒާމު ބަދަލުކުރަން އުޅުމަށްވުރެ އެޖެންޑާ 19ގައިވާ ކަންކަމަށް ފޯކަސްކޮށް އެކަންކަން ރައްޔިތުންނަށް ހާސުލުކޮށްދޭން އުޅުން މާ ރަނގަޅުވާނެ ކަމަށެވެ.
https://twitter.com/MJameelAhmed/status/1115475469074198528
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޑރ. ޖަމީލްވެސް ވާދަކުރެއްވިއެވެ. ނަމަވެސް ޑރ. ޖަމީލް ވާދަކުރެއްވި ވިލިމާލެ ދާއިރާގެ ގޮނޑި ނެންގެވީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރެއްވި އުޝާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް