ސ. ހިތަދޫގެ ފިހާރައަކުން ވައްކަން ކޮއްފި

8 އޭޕްރީލް ވީ ހޯމަ ދުވަހުގެ ފަތިހު ސ.ހިތަދޫ، އީހަބް ފިހާރައިގެ ބިއްލޫރިތައް ތަޅާލާ އެ ފިހާރައިން ވައްކަން ކޮއްފިއެވެ. ސައިކަލެއްގައި މޫނު ނިވާކޮއްގެން ތިބި ހަތަރު މީހަކު އައިސް މި ފިހާރައިގެ ބޮޑު ދޮރު...

09 Apr 2019 | 08:19

8 އޭޕްރީލް ވީ ހޯމަ ދުވަހުގެ ފަތިހު ސ.ހިތަދޫ، އީހަބް ފިހާރައިގެ ބިއްލޫރިތައް ތަޅާލާ އެ ފިހާރައިން ވައްކަން ކޮއްފިއެވެ.

ސައިކަލެއްގައި މޫނު ނިވާކޮއްގެން ތިބި ހަތަރު މީހަކު އައިސް މި ފިހާރައިގެ ބޮޑު ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު، އެ ފިހާރައަށް ވަދެ، ފިހާރައިގެ ޝޯކޭސް ގައި ހުރި ފޯނު ތަކަކާއި، ކައުންޓަރުގެ ވަތްގަނޑުގައި އޮތް ފޯނެއްވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލާ ފާސް ކޮއްފައިވާ ކަމަށާއި، ހަތަރު މީހަކު ހައްޔަރު ކޮއްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް