ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ މާއްދާ އިސްލާހު ކުރަން ކޮމިޓީއިން ފާސްކޮށްފި

ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމާތުގެ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި...

09 Apr 2019 | 08:06

ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމާތުގެ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫން އަސާސީއަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ތެރޭގައެވެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާ އަށް (ހ)އަށް ގެނެސްފައިވާ އިސްލާހު އުވާލަން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އަދި މި އިސްލާހު އުވާލަން ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

މި މާއްދާއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ގައުމީ ސަލާމަތުގެ ކޮމެޓީއިން ނިންމާފައިވާކަމަށް، އެ ކޮމެޓީގައި ހިމެނޭ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި ކުރިން ވާ ގޮތުން ނަމަ ބޭރުގެ އެއްވެސް މީހަކަށް ރާއްޖެއިން ބިން މިލްކެއް ނުކުރެވޭނެ އެވެ. ނަމަވެސް ގާނޫނު އަސާސީއަށް ބާބެއް އިތުރުކޮށް 99 އަހަރަށް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފަހުން ވަނީ އިސްލާހު ކޮއްފައެވެ.

އަދި މި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވުމަށް އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް