ފެލިދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުުނު މީހަކު ހައްޔަރު ކޮއްފި

ވ.ފެލިދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮއްފިއެވެ. ސަބްމެރިންއެއްގެ ތެރެއަށް މަސްތުވާ ތަކެތި ހުރި ދަޅެއް ލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރު ކޮއްފައިވަނީ...

09 Apr 2019 | 07:42

ވ.ފެލިދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮއްފިއެވެ.

ސަބްމެރިންއެއްގެ ތެރެއަށް މަސްތުވާ ތަކެތި ހުރި ދަޅެއް ލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރު ކޮއްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިއްޔެ ހަވީރު ހިންގި އޮޕަރޭޝަނުގައ އެ މީހާ ހައްޔަރު ކޮއްފައިވަނީ، މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗް އަކުން މީހަކު ފެލިދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ފެލިދޫ ބަނދަރު ސަރަހައްދުން އެމީހާ ހައްޔަރުކޮށް ބަލާފާސްކުރި އިރު އެމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސަބްމެރިންއެއްގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފެލިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް