މަތިވެރީގައި ރޯވި ގެސްޓްހައުސްއިން ބަނގުރާފުޅިތަކެއް ފެނިއްޖެ

މިދިޔަ އާދީއްތަ ދުވަހު ރޯވި މަތިވެރި ކަޒާމިއާ ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިއްޖެއެވެ. 7 އޭޕްރީލް 2019 ވީ އާދީއްތަ ދުވަހުގެ ރޭ މި ގެސްޓްހައުސްގައި އަލިފާން ރޯވެފައިވާ ކަމު...

09 Apr 2019 | 07:25

މިދިޔަ އާދީއްތަ ދުވަހު ރޯވި މަތިވެރި ކަޒާމިއާ ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިއްޖެއެވެ.

7 އޭޕްރީލް 2019 ވީ އާދީއްތަ ދުވަހުގެ ރޭ މި ގެސްޓްހައުސްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުމުން، ފުލުހުން އެތަން ހުސްކުމުގައި ހަރަކާތްތެރި ވަނިކޮށް އެ ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރެއިން ފެނިފައިވަނީ 3 ބަނގުރާ ފުޅިއެއްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮއްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް