ބީއެމްއެލް ވާއު ކިޑްސް ރަން ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް ގުޅިގެން ބާއްވާ ބީއެމްއެލް ވާއު ކިޑްސް ރަން ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ދުވުން ބޭއްވުމަށް ހަމަ ޖެހިފައިވަނީ...

09 Apr 2019 | 07:11

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް ގުޅިގެން ބާއްވާ ބީއެމްއެލް ވާއު ކިޑްސް ރަން ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ދުވުން ބޭއްވުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ބާއްވާ ދުވުމުގައި އިތުރު އުމުރު ފުރާއަކަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ދުވުމުގައި ބައިވެރި ވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ. އަދި މިއަހަރުގެ ދުވުމުގައި 1000 ކުދިންނަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ދުވުމުގައި ބައިވެރި ވުމުގެ އިތުރުން، ދުވުމުގައި ރަޖިސްޓްރީ ކުރާ ކުދިންނަށް ބީއެމްއެލް އާއި އާކް(އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން) އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ހިންގަންފަށާ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފަންޑް ރައިޒްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ގާއިމް ކޮށްފައިވާ ހާއްސް ވެބް ޕޯޓަލް މެދުވެރިކޮށް ފަންޑްރައިޒް ކުރެވެއެވެ. އެގޮތުން، ދުވުމަށް ރަޖިސްޓްރީ ކުރާ ކުއްޖާ އަދި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިންއަޕް ފޭޖް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވާލުމުން ކޮންމެ ކުއްޖަކަށްވެސް ޚާއްސަ ޕްރޮފައިލްއެއް ތައްޔާރުކުރެވޭނެއެވެ. އަދި މި ޕްރޮފައިލް ބޭނުން ކޮއްގެން ފަންޑް ރައިސް ޕޭޖް ގާއިމް ކޮށް، ކޮންމެ ކުއްޖަކަށް ފަންޑްރެއިޒް ކުރެވޭނެ އެންމެ މަތީ އަދަދު ކަމަށްވާ 2000 ރުފިޔާ ފަންޑްރައިސް ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް