400 ދިވެހި އަންހެނުން ސީރިއާގައި ހަށިވިއްކަމުން ދާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފި

400 އެއްހާ ދިވެހި އަންހެނުން ސީރިއާގައި ހަށިވިއްކަމުން ދާ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ. ސިރިޔާއަށް ދާ ދިވެހި ހަ...

09 Apr 2019 | 06:45

400 އެއްހާ ދިވެހި އަންހެނުން ސީރިއާގައި ހަށިވިއްކަމުން ދާ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ސިރިޔާއަށް ދާ ދިވެހި ހަނގުރާމަވެރީންގެ އަނބީން އެ މީހުންގެ ފިރީން މަރުވުން ހަށިވިއްކަމުންދާ ކަމަށް ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި  ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ، ދީނުގެ ނަމުގައި އެތައް ސަތޭކަ ދިވެހިން ސީރިއާއަށް ގޮސްފައިވާ ކަމަށާއި، 70 އެއްހާ ދިވެހިން މަރުވެފައިވާކަމަށެވެ. އަދި ދިވެހިންގެ 400 އެއްހާ އަންހެނުން އެތާގައި ހަށިވިއްކަމުން ދާ ކަމަށެވެ.

މީގެއިތުރުން، ސީރިއާއަށް ދިޔަ ބައެއް ދިވެހިންގެ އާއިލާ ތަކުން އެމަނިކުފާނަށް އެކަން އަންގަމުން ގެންދަވާ ކަމަށާއި، އެ އާއިލާ ތަކުންވެސް އެކަމާ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މި އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހި ރާއްޖެ އިން އެމީހުން ފޮނުވީ އިސްލާމް ދީނުގެ ނަމުގައި ކަމަށެވެ. އަދި އެމްޑީޕީން ރާއްޖެ އަށް ދީނާ ހިލާފު ސިޔާސަތުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ދީނާ ހިލާފު ބައެއް ނޫން ކަމަށެވެ. އަދި އެ ތުހުމަތު ތަކަކީ ވަރަށް ބޮޑު ދޮގު ވާހަކައެއް ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން އެފަދަ ތުހުމަތުތައް ކުރާނީ އެބޭފުޅުންގެ އަތުގައި ރައްޔިތުންނަށް ދައްކަވާނެ ސިޔާސަތުތަކެއް ނެތުމުން ކަމަށާއި، އެޖެންޑާއެއް ނެތުމުން ދެން ކުރައްވާ ކަމަކީ އިސްލާމް ދީން ހަތިޔާރަކަށް ހަދައި ދޮގު ވާހަކަތަކެއް ދެއްކުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި އިސްލާމް ދީން ހިމާޔަތް ކުރެވޭނެ މީހުން ދިވެހި ރާއްޖޭގެ ވެރިކަމުގައި ތިބި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް