މިއަދު އެންމެ އަޑު ހަރުކޮށް ދެކެވޭ އެއް ވާހަކައަކީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމާއި މެދު ދެކެވޭ ވާހަކައަށް މިވަނީ ވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު މި އަޑު މިވަނީ އަދި ވަކިން ގަދަވެފައެވެ.
މި އަޑު މިހާ ގަދަވެފައިވާއިރު ދިވެހިންނާއި ދުވަހުން ކުރަން ބޭނުންވާ ސުވާލެއް އެބަ އޮތެވެ. އެއީ ދިވެހިން ބޭނުންވަނީ ކޮން ނިޒާމެއް ކަމާއިމެދު އުފެދޭ ސުވާލެވެ.
މިކަމަށް ހިޔާލު ހޯދުމަށް ދުވަހުން ވާނީ ސޯޝަލް މީޑިއާގައި ދެ ޕޯލެއް ހަދާފައެވެ. ފޭސްބުކްގައްޔާއި ޓްވިޓާގައެވެ. މި ދެ ޕޯލްވެސް ހަދާފައިމިވަނީ އެއް ހަފްތާ ދުވަހުގެ މުއްދަތަށެވެ. ދިވެހިންގެ ކިބައިން ދުވަހުން އެދެނީ ހިޔާލު ހޯދުމުގެ މި ޕޯލްގައި ބައިވެރިވެ ރައްޔިތުން އެދޭގޮތް ހާމަކޮށްދިނުމެވެ.
https://twitter.com/dhuvasmv/status/1115481448176205825
މި ޕޯލަށް ލިބޭ ވޯޓަށް ބިނާކޮށް ކުރިއަށް އޮތް ހަތް ދުވަހު ޕޯލްގެ އަޕްޑޭޓް އަޅުގަނޑުމެން ގެނެސްދެމުން ދާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް