އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރި ކުޑަކުއްޖަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު އެ ކުއްޖާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު...

09 Apr 2018 | 17:20

އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު އެ ކުއްޖާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އެ ކުއްޖާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ބަރުދަން އަދި ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަން ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ކުއްޖާ އަކީ 18 އަހަރު ނުފުރޭ ކުއްޖަކަށް ވާތީ އޭނާގެ ވަނަވަރުވެސް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް