ރާއްޖޭގޭ ބޮޑު ބަޔަކަށް މޫސުން ގޯސްވެ އުތުރާއި ދެކުނުގެ ގިނަ އަތޮޅުތަކަކަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށެވެ. އެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު 11:00 ން ހަވީރު 5:00 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ އެވެ.
އެ އިދާރާއިން ބުނީ މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުން ދަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ދުވަހުވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.
ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް